އެއްޗެއް ގޮވައިގެން އަނިޔާ ލިބުނު މީހާ ފަރުވާއަށް ބޭރަށް ގެންދަނީ

F8z61zJaYAAA33n

ކުޅުދުއްފުށީ އެއާޕޯޓްގައި ގޭސް ސިލިންޑަރެއް ގޮވައިގެން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ބޭރަށް ފުރުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ކުރިޔަށް ގެންދިޔަ ފަޔަރ ޓްރެއިނިންއެއްގައި ގޭސް ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި އެ ސިލިންޑަރު ގޮވައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، ހާލު ސީރިއަސްވެގެން މާލެ ގެނެސް މިހާރު ބޭރަށް ފުރުވާލަން މަސައްކަތް ކުރަމުން އަންނަނީ އުމުރުން 37 އަހަރުގެ މީހެކެވެ.

މި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނައިރު އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އާއިލާއިން ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *