ރާއްޖެއަށް ބޭސް ގެންނަން ހަދާ އެއްބަސްވުން މަޑުޖައްސާލަން މުއިއްޒު އެދިވަޑައިގެންފި

Screenshot 2023-10-21 154425

ރާއްޖެއަށް ބޭސް ގެންނަން އެސްޓީއޯއިން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާއެކު ހަދާ އެއްބަސްވުން މަޑު ޖައްސާލަން އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނުގެ ތަރުޖަމާން ފިރުޒުލް މުހައްމަދު ވިދާޅުވީ، ރާއްޖެއަށް ބޭހާއި ސިއްހީ ސާމާނު ގެނައުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ ކުންފުންޏަކާއެކު އެސްޓީއޯއިން ސޮއިކުރަން މަސައްކަތް ކުރަމުން އަންނަކަން އިންތިގާލީ ކޮމީޓީއަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން މަޑުޖައްސާލުމަށް ޑރ،މުއިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މި އެއްބަސްވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނުގެ ސްޓޮކް އާނުކޮށްފިނަމަ އަންނަ މަހު ރާއްޖޭގައި ސިއްހީ ބައެއް ހިދުމަތް ދިނުން މެދުކެނޑޭނެ ކަމުގެ ބިރު އޮތް ކަމަށްވެސް މީގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ކޮވިޑުގެ ދަތި ދުވަސްވަރުވެސް އުނދަގޫކަމެއް ނެތި ސިއްހީ ސާމާނު ލިބުނު ގޮތަށް މިހާރުވެސް ސިއްހީ ސާމާނު ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *