ހިޔާ ސަރަހައްދަށް ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް

d

ހިޔާ ސަރަހައްދުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެން އެޗް 16 ވަނަ ޓަވަރުގައި ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ، މި ކްލިނިކުން އާންމު ބަލިތަކަށް ފަރުވާދެވިގެންދާނެ ކަމަށާއި، މި ކްލިނިކުން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، އެސްޓީއޯގެ ފާމަސީއެއްގެ އިތުރުން އެހެނިހެން ބައެއް ހިދުމަތްތައްވެސް ލިބިގެންދާނެ ކަމަށެވެ.

މި ކްލިނިކުން ހުކުރު ދުވަހާއި ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ހިދުމަތް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ސަރަހައްދުގައި މީހުން އާބާދުވުމާއިއެކު އެ ސަރަހައްދުގައި އާންމުން ބޭނުންވާނެ ޒަރޫރީ ހިދުމަތްތަކާއި އަދި އެހެނިހެން ހިދުމަތްތައްވެސް ފޯރުކޮށްދިނުމަށް ސަރުކާރާއި އެޗްޑީސީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން، މިހާރު ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ ގިނަ ކަންކަން ވަނީ ފޯރުކޮށްދެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *