ނަޝީދު ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތައަށް އެޖެންޑާކޮށްފި

a1aGnqjiqe0RvulgcpMvFjxaQofwHQdkz91afDbQ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ހުށަހަޅާފައިވާ ނަޝީދު ވަކި ކުރުމުގެ މައްސަލައިގެ ނޯޓިސް މި މަހުގެ 12 ވަނަ ދުވަހު އެމަނިކުފާނާއި އަދި މަޖިލީހުގެ މެމްބަރުންނަށް ފޮނުވާފައިވާއިރު، މައްސަލަ އާދީއްތަ ދުވަހަށް ތާވަލު ކުރުމަށް އެންގީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއެވެ.

މި މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުއެވެ. އަދި މި މައްސަލައިގައި ބަހުސް ކުރުމަށް ދެ ގަޑިއިރު ކަނޑައަޅާފައިވާއިރު، މަޖިލިސް ރައީސް ޖަވާބުދާރީވާން ބަހުސް ފެށުމާއި ނިންމުން އަދި މެދުތެރެއިން 10 މިނަޓުގެ ތިން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެ ދުވަހު މެމްބަރުންނަށް އެ މައްސަލައަށް ބަހުސްކުރަން ތިން މިނެޓު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *