ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަށް ދަ ޑިމޮކްރެޓްސް އިން ވާދަކުރާނެކަން ހާމަކޮށްފިއެވެ.
މިއަދު ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމާފައިވާ ކަމަށާއި، ނަމަވެސް އެ ޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ އިސްލާހު ފާސްކުރުމުގެ މަސައްކަތް އެންމެ ފަހުވަގުތާ ޖެހެންދެންވެސް ކުރާނެ ކަމަށެވެ.

މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެއްޖެނަމަ، މަޖިލީހުގެ މެމްބަރުންގެ އަދަދު 85 އިން 76 އަށް ދަށްވާނެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ މަޖިލީހުގެ އަންނަ ދައުރުގައި މެމްބަރުންގެ އަދަދު 93 އަށް އިތުރުވާނެ ކަމަށެވެ.