އެފްއެސްއެމްގެ ލިޔުންތައް ނައްތާލުމުން އޭސީސީގެ ކަންބޮޑުވުން!

F3qaqpPa8AA8rDQ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔުންތައް ނައްތާލި މައްސަލައިގައި އެންޓި ކަރަޕްޝަން ކޮމިޝަން (އެސީސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ ބައެއް އިދާރާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުން ނައްތާލާމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

މިގޮތުން ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި، ލިޔެކިޔުންތައް ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ އޭސީސީން ހިންގާ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސް އެޅޭނެ އަމަލަކަށްވާތީ، އެފަދަ އަމަލުތައް ހުއްޓާލުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

މީގެއިތުރުން އެފަދަ ކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އަމަލުތަކުން ދުރުހެލިވެ ނަޒާހަތްތެރިކަން އިސްކުރުމަށް ހަނދުމަކޮށްދޭ ކަމަށާއި، އަދި އެފަދަ އަމަލު ހިންގާކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބޭނަމަ އެކަމުގެ ތަފުސީލު މައުލޫމާތާއެކު އޭސީސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އޭސީސީން ބުނީ، މިފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމަށްވާތީ އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސް، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިޔެކިޔުންތައް ނައްތާލުން ހުއްޓުވައިދޭން ޕްރެވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުގައި ވަނީ ދަންނަވާފައި ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *