ފަލަސްތީނަށް 2 މިލިއަންް މަސްދަޅު ހަދިޔާކުރަން ރައީސް ނިންމަވައިފި

dberrjpeg-q325poo925t5stmayls1vku0jpfnpor1kjz9gm7x9s

ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގާޒާއަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން ޣައްޒާއަށް 2 މިލިއަން މަސްދަޅު ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

ފަލަސްތީނަށް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން މެދުނުކެނޑި ދެމުން ގެންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި އެތައް ހާސް ބަޔަކު ގެދޮރު ނެތި ހާލުގައި ޖެހިފައިވާއިރު، އެފަރާތްތަކަށް އެހީވުމަށްވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *