އެމްޑީޕީ މަޖިލިސް މެމްބަރުންގެ އިތުބާރު ރައީސް ނަޝީދަށް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު "ސަން" ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔައީ އެވަގުތު މަސްލަހަތަށްޓަކައި ކަމަށާއި، ނަމަވެސް އޭރުވެސް އަދި މިހާރުވެސް ނަޝީދަށް އެމްޑީޕީގެ މެމްބަރުން އިތުބާރު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީން 49 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމައި، މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދަން އެއްބާރުލުން ނުދިނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.
Post Views: 61