ފަލަސްތީނަށް އެހީވާން ހިންގާ ހަރަކާތްތަކަށް އާބަންކޯގެ އެހީތެރިކަން!

7ef62bc7-ecbd-4f1c-a25a-5a7597cee810

މި ހަފްތާ ބަންދުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމަށް އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ، ފަލަސްތީނަށް އެހީވުމަށް ބޮޑު ތިން އިވެންޓެއް މި ހަފްތާ ބަންދުގައި ބާއްވަން ރާވާފައިވާއިރު، އެ އިވެންޓްތައް ކުރިޔަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިގޮތުން ފަލަސްތީނަށް އެހީވުމުގެ ގޮތުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މިއަދު ފޭސް 2 ހިޔާ ޕާކުގައި "ފަލަސްތީނުގެ ހާލަތާމެދު" މި މައުޟޫއަށް ދީނީ އިލްމުވެރިން ކުރިޔަށްދާ ޕެނަލް ޑިސްކަޝަން އާއި މާދަމާ މޯމްސަ އެންޖީއޯ އިން ހިޔާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފަންޑްރައިޒިންގ އިވެންޓްގެ އިތުރުން ކޭކް ޑޯނާރސް އިން މި މަހުގެ 28،29 އަދި 30 ގައި ބާއްވާ ފަންޑްރައިޒިން އިވެންޓަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މި އިވެންޓްތަކުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީ މިންވަރަކުން އެހީތެރިވުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *