ނަޝީދުގެ މައްސަލަ އާދީއްތަ ދުވަހު ބާއްވާނެކަން މެމްބަރުންނަށް އަންގައިފި

a1aGnqjiqe0RvulgcpMvFjxaQofwHQdkz91afDbQ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އާދީއްތަ ދުވަހު އޮންނާނެކަން މަޖިލިސް މެމްބަރުންނަށް އަންގައިފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ވަކިކުރުމުގެ މައްސަލަ އާދީއްތަ ދުވަހަށް އެޖެންޑާކޮށް، މަޖިލިސް މެމްބަރުންނަށް ވަނީ އެ ދުވަހު ޖަލްސާ އޮންނާނެކަން އަންގާފައެވެ. އަދި އާދީއްތަ ދުވަހު ކުރިޔަށް ގެންދާނީ އެ މައްސަލަ އެކަނިކަންވެސް ވަނީ އެނގިފައެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހަޅާފައިވާއިރު، މި މައްސަލައިގައި އާދީއްތަ ދުވަހު ވޯޓަށް ނާހައި މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދަން އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *