ނަޝީދު ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީން ކޯޓަށް ދަނީ!

V2GUklhDwQbDIBDLkXeMa4qf7EyOH9ZUSbhlTIHY-1-1024x661

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭތީ އެމްޑީޕީން ކޯޓަށް ދިޔުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހަޅާފައިވާއިރު، މައްސަލަ އެޖެންޑާ ކުރީ މިއަދަށެވެ. ނަމަވެސް މިއަދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައި އޮތް މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއަށް ސަލާމް ބުނެފައިވާތީ މައްސަލަ ކުރިޔަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ބުނީ، މައްސަލަ މިއަދު ކުރިޔަށް ނުގެންދިޔައީ މަޖިލީހުގެ ރިޔާސަތުން ރާވައިގެން ކަމަށާއި، މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދަން ސުޕްރީމް ކޯޓަށް ދިޔުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ގާނޫނީ ޓީމުގެ ލަފަޔާއެކު ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހު ނޫނީ، މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދިޔުމަށް އެއްބާރުލުން ނުދިނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *