މަޖިލީހަށް ހޮވޭ ޕީޕީއެމް/ޕީއެންސީގެ އަންހެނުންނަށް އެލަވެންސެއް ދޭނަން: މުއިއްޒު

muizzu-7-e1694149547726

ރައްޔިތުންގެ މަޖިލީހަށް ހޮވޭ ޕީޕީއެމް/ޕީއެންސީގެ އަންހެން މެމްބަރުންނަށް އެލަވަންސެއް ދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމަށެވެ. 

މީގެއިތުރުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި، މިގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލާ ކަމަށްވެސް ޑރ.މުއިއްޒ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ. 

Leave a Reply

Your email address will not be published. Required fields are marked *