އައިއޭސީގެ ގާޒާ ފަންޑު: މިހާތަނަށް 23 މިލިއަން ރުފިޔާ ލިބިއްޖެ

Screenshot 2023-10-29 111754

އިންޓަނޭޝަނަލް އެއިޑްގެ ކެމްޕެއިން (އައިއޭސީ) ގެ "ގާޒާ އެމަރޖެންސީ ރިލީފް 2023″ އަށް މިހާތަނަށް 23،987،108.00 (ތޭވީސް މިލިއަން ނުވަ ލައްކަ އަށްޑިހަ ހަތްހާސް އެއްސަތޭކަ އަށް ރުފިޔާ) ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އައިއޭސީ އިން މިއަދު ބުނީ، އެ ޖަމިއްޔާގެ ގާޒާ ފަންޑަށް އިއްޔެގެ ނިޔަލަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، 23،023 ޑޮލަރުވެސް ލިބިފައިވާ ކަމަށެވެ. އަދި މި އެހީތައް ގާޒާއަށް ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

އިޒްރޭލުން ގާޒާއަށް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި އެ ގައުމުގެ ގިނަ ބަޔަކު ޝަހީދުވެ، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މިގޮތުން އައިއޭސީ މެދުވެރިކޮށް ދިވެހިންގެ ދީލަތި އެހީ ގާޒާއަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *