އީވާ މިއަދުވެސް ސަލާމުގައި، ޖަލްސާ ނުބޭއްވުނު!

gg

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، މިއަދުވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ޖަލްސާ ދެ ދުވަސް މަތިން އެޖެންޑާކޮށް ނުބޭއްވިފައި ވަނީ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭ މަޖިލީހުގެ ނައިބުރައީސް އީވާ މަޖިލިސް ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާތީއެވެ. އަދި އީވާ މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވަނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އޭނާ މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާއަށް އީވާ ހާޒިރު ނުވަނީ ރައީސް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން ޖާގަ ދޭން ބޭނުން ނުވާތީ ކަމަށާއި، އަދި ގަދަ ބާރުން މަޖިލިސް ހުއްޓުވަން ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުނެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދުމަށް އެމްޑީޕީން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި، މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރަން އެއްބާރުލުން ނުދިނުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *