އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކަފުލް އިން ހޯމް ކޮންޓެންޓު ޕްލޭނެއް ނަގައިގެން 50 ޓީވީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެލައިޑް އިން ބުނީ، މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެލައިޑްގެ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް އިންޝުއަރެންސް ޕެކޭޖު ގަނެވިދާނެ ކަމަށާއި، އަދި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތައް އެލައިޑްގެ ފޭސްބުކްގައިވާ ޕޯސްޓު ޝެއާ ކުރަން ޖެހޭ ކަމަށެވެ.

އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަަންއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 1600 އަށް ގުޅުމަށް އެލައިޑުން އެދެއެވެ.
އެލައިޑްގެ އިންޝުއަރެންސް ޕެކޭޖުތަކުގެ ތެރޭގައި ހޯމް ކޮންޓެންޓުގެ ތިން ޕްލޭނެއް ހިމެނެއެވެ. އެއީ ބޭނުން ގޮތަކަށް ކަސްޓަމައިޒް ކުރެވޭ ޕެކޭޖަކާއި، ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ހާއްސަ ޕެކޭޖެއްގެ އިތުރުން ގެ އާއި ފަރުނީޗަރު އިންޝުއަރ ކުރެވޭނެ ޕެކޭޖެ ހިމެނެއެވެ.