ހުޅުމާލެއިން ބިންތައް ވިއްކުން މަޑުޖައްސާލަން އޭސީސީން އަންގައިފި

acc-850x548

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހުޅުމާލެއިން ބިންތައް ވިއްކުން މުއާމަލާތްތައް މަޑުޖައްސާލަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.

އޭސީސީން ބުނީ، ހުޅުމާލެއިން ބިންތައް ވިއްކުމާ ގުޅޭ މުއާމަލާތްތަކެއް ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، މިއާއެކު ބިންތައް ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އާބަންކޯއަށް އެެ ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާބަންކޯއަށް އޭސީސީން އަންގާފައި ވަނީ ފަރުކޮޅު ފުށި ހިމެނޭ ގޮތަށް އަދިވެސް އިތުރު ބިންތަކެއް ވިއްކުމާއި، ކުއްޔަށް ދިނުމުގެ މުއާމަލާތްތައް ހުއްޓާލުމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މިފަދަ ކަންކަން ނުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

އޭސީސީން މިހެން ބުނެފައި މިވަނީ އާބަންކޯ އިން ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *