އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފި

large_143278897337TcIK

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފިއެވެ.

އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދަ އެ ކޯޓުން ދީފައިވާ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވާނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮންނަ ޖަލްސާއަށް މަޖިލީހުގެ ނައިބުރައީސް ހާޒިރުނުވާ ހާލަތެއްގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރަން ކަނޑައަޅުއްވައިދެއްވުމަށާއި، އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިޔަށް ނުގެންދިޔުމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ޖަލްސާ ދެ ދުވަސް މަތިން އެޖެންޑާކޮށް ބޭއްވިފައި ނުވަނީ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭ މަޖިލީހުގެ ނައިބުރައީސް އީވާ މަޖިލިސް ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާތީއެވެ. އަދި އީވާ މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވަނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އޭނާ މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *