އެމްޕީއެލްއިން ގާޒާއަށް އެހީވާން 5 ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

photo_2023-10-30_20-25-07

ފަލަސްތީނުގެ ގާޒާއަށް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަލަސްތީނަށް އެހީވުމަށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެމްޕީއެލް އިން ބުނީ، ފަލަސްތީނަށް އެހީވުމުގެ ގޮތުން ހިންގާ ދެ ފަންޑަކަށް 565،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އެމްޕީއެލްގެ ފަރާތުން ހަދިޔާކުރި ފައިސާ އާއި އެމްޕީއެލް މުވައްޒަފުންގެ ފަރާތުން ހަދިޔާ ކުރި ފައިސާ ކަމަށެެވެ.

މި ފައިސާ އެމްޕީއެލް އިން ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން ހިންގާ "ފަލަސްތީން ރިލީފް ފަންޑް" އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން ހިންގާ "ގާޒާ އެމަރޖެންސީ ރިލީފް" ފަންޑަށެވެ.

މީގެ އިތުރުން، ފަލަސްޠީނަށް އެހީވުމުގެ ގޮތުން އެމް.ޕީ.އެލްގެ އެކި ސަރަޙައްދުތަކުގައި ފަންޑް ފޮށިތައް ބެހެއްޓުމަށް އެ ކުންފުނިން ނިންމާފައިވާއިރު، ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގަމުންދާ އެކި ހަރަކާތްތަކަށް ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *