ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އަށް އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، އާރްޑީސީގެ އެމްޑީ މޫކޭއަށް ހަމަލާދީ މާރާމާރީ ހިންގައި، އިންޒާރުދިން މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީނާ ވަނީ މިއަދު ހަވީރު އަޅުގަނޑު ދަރިފުޅާއި އެކު ސައިކަލުގައި ދަނިކޮށް އަޅުގަނޑާއި ދަރިފުޅަށް އަވަގުރާނަ ގޮވާ ގަޔަށް އަތްލާ މާރާމާރީ ހިންގާފަ. އަދި ދަރިފުޅާއި އަޅުގަނޑު މަރާލާނެ ކަމަށްބުނެ އިންޒާރުވެސް ދީފަ. މި މައްސަލަ މިހާރު ވާނީ @PoliceMv އަށް ހުށައަޅާފަ. pic.twitter.com/VdJ5si9KBN
— Moosa Ali Manik 🇲🇻 (@VMookey) October 30, 2023
މިކަމާ ގުޅިގެން މޫކޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ހަވީރު ދަރިފުޅު ގޮވައިގެން ސައިކަލުގައި ދަނިކޮށް ދަރިފުޅާ އޭނާއާ ދިމާއަށް ހަޑިހުތުރުބަހުން ވާހަކަދައްކާ، ގަޔަށް އަތްލާ މީހަކު މާރާމާރީ ހިންގާފައިވާ ކަމަށާއި، އަދި އެމީހާ ވަނީ އޭނާ އާއި އޭނާގެ ދަރިފުޅު މަރާލާނެ ކަމަށް އިންޒާރުވެސް ދީފައި ކަމަށެވެ.