30 ކިލޯގެ މަސްތުވާތަކެތިހުރި ލަގެޖެއް އެއާޕޯޓުން ގެއްލިއްޖެ

big_XCLxtnX90IOWZqtnaG3KFiODo

30 ކިލޯގެ މަސްތުވާތަކެތި ހުރި ލަގެޖެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގެއްލިއްޖެއެވެ.

ފުލުހުން ބުނީ، މި މަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް އައި ޕާކިސްތާނު މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އެމީހާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށާއި، ނަމަވެސް މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖް ހަވާލުކޮށްފައިނުވާ ކަމަށެވެ.

ޕާކިސްތާނު މީހާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނެސްފައިވާ ކަމަށާއި، އެހެންނަމަވެސް އެ ލަގެޖް ގެންދިޔަ މީހަކު ނޭނގޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވާ ކަމަށެވެ. އަދި މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ލިބުނު ސީސީޓީވީ ފުޓޭޖް ބެލި ބެލުމުން މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖް ދެނެގަނެވިފައިނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނައިރު، ހައްޔަރުކުރި ޕާކިސްތާނު މީހާ ވަނީ ހެކި ނެތިގެން ދޫކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *