ހެންވޭރު އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ!

male-1

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު މިއަދު މާލޭގެ ހެންވޭރު އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ ވައިލެޓް ގޯޅި، އަބަދަށްފެހި މަގު، ސޯސަން މަގު އަދި މިއަލަނި ގޯޅި ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

މީގެއިތުރުން މާފަންނުގެ އިސްކަންދަރު މަގު، ކޯރުކެނޑި މަގު، ބުރުޒު މަގު އަދި ބަޑިފަސްގަނޑު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:30 އިން 16:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓް ކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ. އަދި އަބަދުވެސް ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށްވެސް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *