ގާޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

Screenshot 2023-11-01 104507

ފަލަސްތީނުގެ ގާޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕު ކަމަށްވާ ޖަބަލްޔާ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒާގެ ޖަބަލްޔާ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް އަމާޒުކޮށްގެން ދޭ ހަމަލާތަކުގައި މައުސޫމް އެތައް ބަޔަކު ޝަހީދުވަމުންދާ ކަމަށާއި، އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ދެމުން އަންނަ ލާ އިންސާނީ ހަމަލާތަކެއް ކަމަށް ރާއްޖެއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އިންޓަނޭޝަނަލް ކޮމިއުނިޓީ އިން އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކޮށް ރާއްޖެއިން ބުނީ، އދ އިން މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ފާސްކުރި ރިސޮލިއުޝަންއާ އެއްގޮތަށް ހަނގުރާމަ ހުއްޓާލުމަށްފަހު ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް މިހާރުން މިހާރަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *