ބީހައިވްއަށް 5 ލައްކަ ރުފިޔާ ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއް!

Screenshot 2023-11-01 142147

ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 5 ލައްކަ ރުފިޔާ ދެއްކުމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެފްއޭއެމްގެ މައްޗަށް ބީހައިވް އިން ދައުވާ ކޮށްފައި ވަނީ އެގްރީމަންޓަކާއެކު ދަރަންޏެއް ގޮތުގައި އެފްއޭއެމްއަށް ދިން ފަސް ލައްކަ ރުފިޔާ އަނބުރާ ދެއްކުމަށް އެފްއޭއެމް އިން އެ ކުންފުންޏަށް ދިން ޗެކު ބައުންސްވުމާ ގުޅިގެން އެ ފައިސާ ހޯދުމަށެވެ.

ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ އެފްއޭއެމް އިން އެދިފައިވާ ގޮތަށް ދަރަނި އެއް އަހަރު ތެރޭގައި ބަހާލައިގެން ހަލާސްކުރުމަށެވެ. މިގޮތުން މިއަދުން ފެށިގެން އެއް އަހަރު ވަންދެން ކޮންމެ މަހަކުވެސް 10 ވަނަ ދުވަހުގެ ކުރިން އެ މަހަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްވެސް އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

އެފްއޭއެމްގެ ދަރަނީގެ ގިނަ މައްސަލަތަކެއް ސިވިލް ކޯޓުގައި ހިނގަމުން އަންނައިރު، ބައެއް މައްސަލަތައް ނިމި އެ އެސޯސިއޭޝަންގެ މައްޗަށް ވަނީ މިލިއަނުން ފައިސާ ދައްކަން އަމުރުކޮށްފައެވެ. އަދި އެފްއޭއެމްއާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *