ގދ.ގައްދޫ މަގުތަކުގައި ތާރު އަޅަން ފަށައިފި

55325CA4-A9DF-4D7E-A36B-9E29BBCD47E6

ގދ،ގައްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ގައްދޫގެ މަގުތަކުގައި ތާރު އަޅަން މިދިޔަ ދުވަހު ފަށާފައިވާއިރު، އެންމެ ފުރަތަމަ ތާރުއަޅަން ފެށީ އެރަށު ވަތަބަނޑޭރި މަގުގައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 6 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ.

އާރްޑީސީން ބުނީ، ގައްދޫ ޝާރިއުލް އަމީން މަގާއި ވައިލެޓް މަގުގެވެސް މަސައްކަތް ނިމި ތާރު އެޅުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ބާކީ ހުރި މަގުތަކުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުން ކަމަށްވެސް އާއްޑީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *