ފްލެޓްގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

e3f3894f-0d14-4be5-aa17-24237fbdef4c

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ފްލެޓްގެ ދާއިމީ ލިސްޓާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 13،000 މީހުންގެ މައުލޫމާތު ޕޮއިންޓާއެކު ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި އޭގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން ފުރަތަމަ ދޭ 4،000 ފްލެޓް ގެ ތެރޭގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓް ލިބުނީ 73 ޕޮއިންޓަށްވުރެ މަތިން ލިބުނު މީހުންނަށެވެ. އަދި އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބުނީ 76 ޕޮއިންޓަށްވުރެ މަތިން ލިބުނު މީހުންނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *