އަމީނީ މަގުގައި ތާރު އަޅަން ސާމާނު ގެނެސްފި

ds

މާލޭގެ އަމީނީ މަގުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު މާލެއަށް ގެނެސްފިއެވެ.

އާރްޑީސީން ބުނީ، އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު މާލެ ގެނެވިފައިވާ ކަމަށާއި، އަދި މާޗު މަހު ތާރު އަޅަން ފެށޭނެ ކަމަށެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގުގެ މަސައްކަތް ކުރިޔަށްގެންދާއިރު، ތާރު އަޅަން ފަށާނީ ބިލަބޮންގް ހިސާބަށް ހުރިހާ މަސައްކަތެއް ނިންމުމަށްފަހުއެވެ. އަދި މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަޙައްދެއްގެ ވެލިގަނޑު ލެވެލްކޮށް ޢާއްމުނަށް ހުޅުވާލާގޮތަށެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. އަދި މި މަޝްރޫއަށް 84 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *