އިންތިހާބީ ރައީސް ޑރ.މުއިއްޒު އަބޫދާބީއަށް ފުރާވަޑައިގެންފި

img_md_202309030120121693686012.0482

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަބޫދާބީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ޑރ.މުއިއްޒުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް "ތޭވީސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންތިހާބީ ރައީސް ޑރ.މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު އަބޫދާބީއަށް ފުރާވަޑައިގެންފައިވާ ކަމަށާއި، މި ދަތުރުފުޅަކީ ޔޫއޭއީ ސަރުކާރުގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ދަތުރުފުޅުގެ ހަރަދުތައް ހަމަޖެއްސީ ޔޫއޭއީ ސަރުކާރުން ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒު މިއަދު އަބޫދާބީއަށް ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި 5 ދުވަހުގެ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.

އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *