މިފްކޯގެ އައު ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށައިފި

F-U-IK7aMAAdkYD

މިފްކޯގެ ފްލީޓަށް އިތުރު ކުރެވޭ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 106″ ތައިލޭންޑުން ރާއްޖެ އައުމަށް ފުރައިފިއެވެ.

މިފްކޯއިން ބުނީ، މި ބޯޓު މި މަހުގެ 4 ވަނަ ދުވަހު ތައިލޭންޑް އިން ރާއްޖެއަށް ފުރާފާއިވާއިރު، ބޯޓަށް ރާއްޖެ އާދެވޭނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ޖަޒީރާ ސީރީޒްގެ މި މަސް ކިރާ ބޯޓަކީ ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާ ކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެވެ.

މިފްކޯއަށް އަލަށް ގެންނަ ޖަޒީރާ 104 އަދި 105 މި އަހަރު ނިމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ. މި ބޯޓުތައް ގެނައުމާއެކު މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *