އެއާޕޯޓް މަޝްރޫއަށް ބޭނުންވާ ފައިސާ ޔޫއޭއީން ހަމަޖައްސައިދެނީ

big_ZGAbexNw5uX481AZeYpkbdRdA

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނިންމަން ބޭނުންވާ 1.2 މިލިއަން ރުފިޔާ ޔޫއޭއީ ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، ޑރ.މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އެއާޕޯޓް ނިންމަން ބޭނުންވާ ފައިސާ ހަމަޖެހިގެން ގޮސްފައިވާ ކަމަށާއި، މި ފައިސާ ހަމަޖެހުނީ އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ކަމަށެވެ.

ވީއައިއޭ މަޝްރޫއު އެއްކޮށް ނިންމާލަން ބޭނުންވާ 200 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ދިނުމަށް ސައުދީ ފަންޑުން އެއްބަސްވެފައިވާއިރު، ޔޫއޭއީ ސަރުކާރުން ދިނުމަށް އެއްބަސްވީ 80 މިލިއަން ޑޮލަރެވެ. މަޝްރޫއަށް އިތުރަށް 20 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ބެލެވުނު ނަމަވެސް އެ އަދަދު ބޭނުން ނުވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *