ނަޝީދުގެ މައްސަލަ ބޭރުކޮށްލަން ރިޔާސަތުގައި ހުންނެވި އަފީފް ނިންމަވައިފި

367970_3_3733c4f833f51ba28eb69826f00059bacc3cddd6_large

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލަން ރިޔާސަތުގައި ބެލެހެއްޓެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ނިންމަވައިފިއެވެ.

މިއަދު ކުރިޔަށްދިޔަ ނަޝީދު ވަކިކުރުމުގެ މައްސަލައިގައި އަފީފް ވަނީ އެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި ވަނީ ގޯސްކޮށް ކަމަށާއި، މިގޮތުން މައްސަލަ އަލުން ހުށަހެޅުމަށް އަންގާ ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ މައްސަލަ ނިމުނީ ކަމަށްވެސް އަފީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ހުށަހެޅި ގަރާރު ކުރިޔަށް ނުގެންދެވޭނެ ކަމަށް އަފީފް ނިންމެވީ އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާ ބަލައިގަތުމަށްފަހުއެވެ. އާޒިމް ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ، ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގައި ސަބަބު ބަޔާންކޮށް ދީބާޖާ ނުހިމަނާ ކަމަށާއި، އެހެންވެ އެ މައްސަލާގައި ގަރާރެއްގެ ސިފައެއް ނެތް ކަމަށާއި އެއީ ބާތިލް ވާނެ އެއްޗެއް ކަމަށެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މައްސަލަ ކުރިޔަށް ގެންދަން މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސް އިން ފުރުސަތު ދީފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *