އީވާ އާއި އަފީފް އިމްތިޔާޒަށް އެރި ކަމަށް ކޮމިޓީން ނިންމައިފި

Screenshot 2023-11-12 131034

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ އާއި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އަރައިގަނެފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ނިންމައިފިއެވެ.

މިއަދު ކުރިޔަށްގެންދިޔަ އިމްތިޔާޒް ކޮމިޓީން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ފުރަތަމަ ޖަލްސާގައި އަފީފް އަދި ދެވަނަ ޖަލްސާގައި އީވާ ވަނީ މައްސަލަ ހުށަހެޅުއްވި 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގަނެފައި ކަމަށެވެ.

މީގެއިތުރުން އިމްތިޔާޒް ކޮމިޓީން ވަނީ ނަޝީދުގެ މައްސަލަ ކުރިޔަށް ގެންދާ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަޖިލީހުގެ ރިޔާސަތުގައިވެސް ނުހުރެވޭނެ ކަމަށެވެ، މިގޮތަށް ކޮމިޓީން ނިންމީ އިތުބާރު ނެތްކަމުގެ މައްސަލައަށް ޑިމޮކްރެޓްސް އިން ހުރަސްއަޅަމުންދާތީއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކި ފަހަރު މަތިން މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކޮށްފައިވާއިރު، މައްސަލަ ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލް ކުރަމުން ގެންދާ ޑިމޮކްރެޓްސް އިން ވަނީ ހުރަސް އަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *