ނަޝީދުގެ މައްސަލަ އާއި ބަޖެޓް ހުށަހަޅަން މާދަމާއަށް އެޖެންޑާކޮށްފި

img_md_202310290104551698566695.4916

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ވަކިވަކިން ބާއްވަން މަޖިލީހުން އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން މާދަމާ ހެނދުނު 09:00 ޖަހާއިރު ބާއްވާ ފުރަތަމަ ޖަލްސާގައި ކުރިޔަށްދާނީ 2023 ވަނައަހަރަށް ލަފާ ކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމާއި، 2024
ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ. އަދި ދެވަނަ ޖަލްސާ 11:00 ޖަހާއިރު ބާއްވާއިރު، އެ ޖަލްސާގައި ކުރިޔަށްދާނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅިފައިވާ މައްސަލައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސް އިން ފުރުސަތެއް ނުދެއެވެ. މިގޮތުން މިއަދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ޑިމޮކްރެޓްސްގެ ދެ މެމްބަރުން ކަމަށްވާ އީވާ އަބްދުﷲ އަދި ހަސަން އަފީފް ވަނީ ޖަލްސާތައް ކުރިޔަށް ނުގެންގޮސް ގަވައިދާ ހިލާފަށް ނިންމާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *