އެފްއޭއެމްއިން ފައިސާއަށް ހިޔާނަތްތެރިވާކަމުގެ ހެކި އެބަހުރި: ފުލުހުން

378720_3_a712552b55f19a0831b8b9b5114fee9a2c937a97_large

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކައުންޓަށް ވަންނަ ފައިސާއަށް ހިޔާނާތްތެރިވާކަމުގެ ސާފު ހެކި އެބަހުރި ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، އެފްއޭއެމް އަށް ބޭރުގެ ފަރާތްތަކުން ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާ އިން އެތަނުގެ ބައެއް ވެރިން ހިޔާނާތްތެރިވެ ނަހަމަ ގޮތުގައި މާލީ މުއާމަލާތްތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އަދި އެފްއޭއެމްއަށް ލިބޭ ފައިސާ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާ ކަން އެނގޭ ސާފު ކިތާބީ އެހި އެފްއޭއެމްގެ ބޭންކް ސްޓޭޓްމަންޓުތަކުން ފެންނަން އެބަހުރި ކަމަށެވެ.

އެފްއޭއެމްއަށް ހެކި ހޯދުމަށް ފުލުހުން ވަންނަން ޖެހުނީ އެތަނުގައި ހުރި ލިޔެކިޔުންތަކުގައި މައްސަލަތަކާ ގުޅޭ ހެކި ގަރީނާ ލިބެން ހުރި ކަމަށް ގަބޫލު ކުރެވޭތީ ކަމަށްވެސް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްއާ ގުޅޭ ހިޔާނާތުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެފްއޭއެމް އިން އަންނަނީ ކުރަމުން އަންނަ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *