މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުކޮށްފި

Screenshot 2023-11-14 012139

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިހާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބު ކޮށްފައި މިވަނީ މަޖިލީހުގެ ރައީސްކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް 49 މެމްބަރުން ސޮއިކުރައްވާ ގަރާރެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.

މަޖިލީހަށް ރައީސަކު ހޮވުމަށް މިރޭ ބޭއްވި ޖަލްސާގައި އަސްލަމްއާ ވާދަކުރެއްވީ ޑިމޮކްރެޓްސްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. ރައީސް އިންތިހާބު ކުރުމަށް ނެގި ސިރއްރު ވޯޓު އަސްލަމް 53 ވޯޓުން ކާމިޔާބު ކުރެއްވިއިރު، އަލީ އާޒިމްއަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމަށްފަހު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ ޒިންމާ ލިބިފައިވާ ގާބިލްކަމާއެކު އަދާކުރަމުން ގެންދާނެ ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ކޮށްދެއްވި ހިދުމަތަށް އަސްލަމް ވަނީ ޝުކުރު އަދާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *