ދެ ބަޖެޓްވެސް މަޖިލީހަށް ހުށަހަޅައިފި، ބަހުސް މާދަމާ!

JICHNBg0TJjbwVpU7Cqp4ylnH2B3mEizJduZ2Qna

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވައިފިއެވެ.

ބަޖެޓު މަޖިލީހަށް ހުށަހެޅުއްވުމާއެކު މަޖިލިސް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ބަޖެޓު ދިރާސާކުރާ ކޮމިޓީން އެ މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް ލަސްވެފައިވާތީ އެކަމާ މެދު މެމްބަރުން ދެކޭ ގޮތެއް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވައިފަ އެވެ.

މިގޮތުން ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މާދަމާ ނިންމައި ކޮމިޓީއަށް ފޮނުވަން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވުމާއެކު، އެ ހުށަހެޅުއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވަނީ ތާއީދުކުރައްވާފައެވެ.

ބަޖެޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށް ދެ މިނެޓު ދިނުމުގެ އިތުރުން ބަޖެޓުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމަށް ފުރުސަތަށް އެދޭ ކޮންމެ މެމްބަރަކަށް ދެ މިނެޓު ދިނުމަށް އަހުމަދު އަބްދުﷲ ހުށަހަޅުއްވާފައިވާއިރު، ކޮމެޓީގައި ސަޕްލިމަންޓަރީ ބަޖެޓުގެ މަސައްކަތަށް ދެ ދުވަސް ހޭދަކުރުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

އަހުމަދު އަބްދުﷲ ގެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *