ކުޅުދުއްފުށިން ގެއްލުނު މީހާ އަދިވެސް ނުފެނޭ!

Screenshot 2023-11-14 135356

ހދ.ކުޅުދުއްފުށިން އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ހދ. ކުޅުދުއްފުށި / ލަންދޫގެ، އަބްދުﷲ އިބްރާހިމް (39އ) އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އަބްދުﷲ އިބްރާހިމް ގެއްލިގެން ރިޕޯޓްކުރީ މި މަހުގެ ތިންވަނަ ދުވަހު ކަމަށާއި، އޭނާގެ ހަބަރެއް އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހު ހެނދުނު ކުޅުދުއްފުށިން ކަމަށް އާއިލާއިން މައުލޫމާތުދޭ ކަމަށެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން އެއްދުވަހު އޭނާ މާލެ، ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *