މާލޭ ގެއެއްގެ ބެލްކަނިއެއް ވެއްޓި، މީހަކަށް އަނިޔާވެއްޖެ

Screenshot 2023-11-14 143452

މާލޭ ޖަވާހިރު މަގުގެ ބެލްކަނިއެއް ވެއްޓި މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، މާފަންނު ގެއެެއްގެ ބެލްކަނިއެއް ވެއްޓި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް މިއަދު 13:18 ގައި ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބެލްކަނި ވެއްޓިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނީ 24 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި ބެލްކަނި ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.

މާލޭގައި މީގެ ކުރިންވެސް ބެލްކަނި ވެއްޓުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *