ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރުކުރުމަށް ނަގަން ޖެހޭ ޝެންގެން ވިސާ އޮންލައިންކޮށް އީ-ވިސާއެއްގެ ގޮތުގައި ނެގުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެއްޖެއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ދިވެހިންނަށް މި ފުރުސަތު ފަހިކޮށްދެއްވީތީ ޔޫރަޕިއަން ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.
ޔޫރަޕިއަން ކައުންސިލުން މި ނިންމުމާ ގުޅިގެން ކުރަން ޖެހޭ އިދާރީ ތައްޔާރީތަކަށްފަހު، މިކަން ތަންފީޒުކުރަން ފަށާ ތާރީޚެއް ފަހުން އިއުލާން ކުރެވޭނެއެވެ. މި އިންތިޒާމް ހަމަޖެހިގެން ދިޔުމުން ޝެންގެން ވިސާ ނެގުމަށް ދިވެހިން ބޭރު އެއްވެސް ގައުމަކަށް ނުގޮސް، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް އީ-ވިސާ ނެގޭނެއެވެ.
Welcome the decision of the European Council to adopt new visa rules that will lead the way for the creation of an online visa application platform for the Schengen Area.
I thank European Council for the opportunity provided for e-visa application by Maldivians for Schengen…
— Abdulla Shahid (@abdulla_shahid) November 14, 2023
ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ޔޫރަޕިއަން ޔޫނިއަންއާއެކު ފޮރިން މިނިސްޓްރީއިން ވަނީ މިދިޔަ 5 އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ.
މިހާރު ދިވެހި ޕާސްޕޯޓަށް ކުރިން ވިސާ ނެގުމަކާ ނުލައި 101 ގައުމަކަށް ދަތުރުކުރެވެއެވެ. ދިވެހި ޕާސްޕޯޓަކީ މި ސަރަހައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓެވެ.