އައްޑޫ ހިތަދޫ ޒުވާނަކު ކުއްލިގޮތަކަށް މަރުވެއްޖެ

380650_3_c1bfe5f948c8be4dac9a2ab4dd5854a7460e5c85_large

އައްޑޫ ސިޓީ ހިތަދޫ ޒުވާނެއް ކަމަށްވާ އަހުމަދު މުހައްމަދު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 29 އަހަރުގެ އަހުމަދު މަރުވެފައި ވަނީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެއްރުއްހެރާއަށް ދަތުރުގޮސް އުޅެނިކޮށް ހާލުދެރަވެގެންނެވެ.

ފުލުހުން ބުނީ، އެއްރުއްހެރާއަށް ދަތުރު ދިޔަ މީހަކު ހާލު ދެރަވެގެން ކޯސްޓް ގާޑްގެ އެހީތެރިކަމާއެކު ސ.ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު މިއަދު 12:55 ގައި ލިބިފައިވާ ކަމަށާއި، އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައް ފުލުހުން އަންނަނީ ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *