ބުޅާ މަރާލި މީހާ އަލުން ހައްޔަރުކޮށް ބަންދަށް 15 ދުވަސް

img_md_202311130322281699870948.4424

މާލޭ މަގުމަތީގައި އޮތް ބުޅަލަކަށް ވަޅިން ހަމަލާދީ މަރާލި މީހާ އަލުން ހައްޔަރުކޮށް، އޭނާ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

ބުޅާ މަރާލި މައްސަލައިގައި ކުރިން ހައްޔަރުކޮށް ދޫކޮށްލި އަހްމަދު ނަސީމް، 45، ޖަވާހިރުވާދީ/މ. ކޮޅުފުށި އަލުން ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް 15 ދުވަސް ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއެވެ.

އަހުމަދު ނަސީމް ހައްޔަރުކުރީ ޖަނަވާރަކަށް އަނިޔާވެރި އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކަމަށްވާއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި އަހުމަދު ނަސީމް ބުޅަލަކަށް ވަޅިން ހަމަލާދޭތަން ފެނެއެވެ. ނަމަވެސް އެ ވީޑިއޯއަކީ އެޑިޓެއް ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *