ބްރޮޑްކޮމްގެ ނައިބްރައީސަކަށް ފަޒީން އައްޔަންކޮށްފި

180235_49fef962-1_-scaled

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ނައިބްރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން އައްޔަންކޮށްފިއެވެ.

ބްރޮޑްކޮމްގެ ނައިބަކަށް ފަޒީން އައްޔަންކުރީ، އެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މި މަހުގެ ނުވަ ވަނަ ދުވަހު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހުއެވެ.

ގައިސްގެ އިސްތިއުފާއާއެކު ހުސްވެފައިވާ މެމްބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މެމްބަރުކަމުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ހަމަޖެހިފައި ވަނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހުގެ 9:30 އިން މެންދުރު 12:30 ގެ ނިޔަލަށެވެ.

Leave a Reply

Your email address will not be published. Required fields are marked *