އިންޑިއާ ދެކޮޅަށް ކަންތައް ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތެއް ނޫން: ނަޝީދު

239252_3_ad3a02d0cadabb0c490ee394c2416715f4ceae2c_large

އިންޑިއާއާ ދެކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އެންމެ ޒަމާންވީ އެކުވެރި އަވަށްޓެރި ގައުމަކީ އިންޑިއާ ކަމަށާއި، އަދި ދިވެހިންނަށް އެންމެ އެހީތެރިވާ ގައުމަކީވެސް އިންޑިއާ ކަމަށެވެ. މިގޮތުން އެ ގައުމާ ދެކޮޅަށް މަސައްކަތް ކުރުން ރަނގަޅު ނޫން ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި އިންޑިއާ 77 ސިފައިން ތިބި ކަމަށާއި، އެ ސިފައިން ފޮނުވާލުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށް ރައީސް ދިވެހި ސަރުކާރުން އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އިންޑިއާއަށް އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *