ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ގ. އަތަ، ޔޫސުފް މާނިޢު މުޙައްމަދު އައްޔަނު ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓޭޓް މިނިސްޓަރ ފެންވަރުގައި މާނިއު މަގާމަށް އައްޔަން ކުރައްވައި، ލިޔުން ވަނީ ހަވާލުކުރައްވާފައެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި މާނިއު ކުރެއްވިއެވެ.
މީގެއިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅުވެސް މިއަދު ވަނީ ދެއްވާފައެވެ. މިގޮތުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޡިމް އިބްރާހީމް މިނިސްޓަރ ފެންވަރުގައި ޢައްޔަނު ކުރައްވާފައެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކުވެސް ވަނީ އައްޔަނު ކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަނު ކުރެއްވި 4 ބޭފުޅުން:
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް- މުޙައްމަދު ފަހުމީ ޙަސަން
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން- އިބްރާހީމް ޢާމިރު
- ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރ- އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް
- ކޮމިޝަނަރ އޮފް ޕްރިޒަންސް- ޙަސަން ޒަރީރު އެވެ.