ހުޅުމާލޭގައި ކާރަކާއި 3 ސައިކަލު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

photo_2023-11-20_20-05-26

ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ތިން ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 19:42 ގައި ލިބިފައިވާ ކަމަށާއި، އެކްސިޑެންޓްގައި އަނިޔާވެގެން ހަތަރު މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށެވެ.

މި އެކްސިދޭންޓްގައި އަނިޔާވެފައި ވަނީ ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ކަމަށާއި، އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށެވެ. އަދި އެތަނުން އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *