ޔާމީނާއެކު ކުރާ މަސައްކަތެއް ނޯންނާނެ: ރައީސް ސޯލިހު

ddd

ކުރީގެ ރައީސް ޔާމީނާއެކު ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި "އެމްޑީޕީ ކުރިއަށް" ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޔާމީން އޯކޭއެއް ނޫން ކަމަށާއި، އެމަނިކުފާނާއެކު ކުރައްވާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޔާމީނަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. މިގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުއަށްވުރެ ރައީސް ޔާމީންވެސް މާ ގާބިލް ކަމަށެވެ.

ރައީސް ސޯލިހު އަދި ރައީސް ނަޝީދު ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި 57،257 މީހުންނަށް ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *