ގޯއްޗާއި ފްލެޓް އުޅެނީ ފޭރިގަންނަން، މިނިސްޓަރަށް ރުހުން ނުދޭނަން: މީކާއިލް

DFHT2Y9Q76LV

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އުޅެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދީފައި ހުރި ފްލެޓްތަކާއި ގޯތިތައް ފޭރިގަންނަން ކަމަށާއި، ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުއަށް ރުހުން ނުދޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަތުގެ ނިޔަތުގައި ހައުސިން މިނިސްޓަރުކަމަށް ވަޑައިގެންނެވި ހައިދަރުއަށް މުޅި މާލޭގެ ރުހުންވެސް ނެތް ކަމަށާއި، އަދި އެ ފުރުސަތެއް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މި މަޖިލީހުން ދީގެނެއް ނުވާނެ ކަމަށެވެ.

"ރައީސް ޑރ.މުއިއްޒަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު އަދި ޕީޕީއެމަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު އެބޭފުޅުން އަމަލުކުރައްވަމުން ގެންދަވާ ގޮތަކީ ހައްގުވެރިން އަތުން ލިބޭ އެއްޗެއް ފޭރިގަނެ، އެބޭފުޅުންގެ ކެމްޕޭނުގައި އުޅުއްވާ އެކްޓިވިސްޓުންނަށް ބައްސަވާލެއްވުން" މީކާއިލް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުރީ ސަރުކާރުން ދޫކޮށްފައި ހުރި ފްލެޓްތައް ރިވިއު ކުރާނެ ކަމަށާއި، އެއަށްފަހު އޭގެ ހައްގުވެރިންނަށް ދޭނެ ކަމަށެވެ. އަދި ބައެއް ދޫކުރި ބައެއް ގޯތިތަކުގެ ރަޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުންވެސް މިނިސްޓަރު ވަނީ ސުވާލު އުފައްދާފައެވެ. މިއާއެކު، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *