މިފްކޯގެ ފްލީޓަށް އިތުރު ކުރެވޭ އައު ބޯޓު ކަމަށްވާ "ޖަޒީރާ 106″ ރާއްޖެ ގެނެސްފިއެވެ.
މިފްކޯއިން ބުނީ، އެ ކުންފުންޏަށް އަލަށް ގަތް ތިން ބޯޓުގެ ތެރެއިން ޖަޒީރާ 106 ރޭ ރާއްޖެ ގެނެވިފައިވާ ކަމަށާއި، އިތުރު ދެ ބޯޓު މި އަހަރު ފަހުކޮޅު ގެނެވޭނެ ކަމަށެވެ.
މިފްކޯގެ ޖަޒީރާ ސީރީޒްގެ މަސް ކިރާ ބޯޓުތަކަކީ ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާ ކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެވެ.
މިފްކޯއަށް އަލަށް ގެންނަ ބޯޓުތަކާއެކު ދުވާލަކު އިތުރަށް 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
Post Views: 76