ބިންގަލުން ފެށި ފްލެޓްތައް ނިންމާ ތަޅުދަނޑިދޭނީވެސް އަޅުގަނޑު: ރައީސް

sdc

ދައުރުގެ ތެރޭގައި އެޅި ފްލެޓްތައް ނިންމާ ތަޅުދަނޑި ހަވާލުކުރާ ފުރަތަަމަ ސަރުކާރަށް މި ސަރުކާރުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާލުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި "އެމްޑީޕީ ކުރިއަށް" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށައި ނިންމާ ފްލެޓްގެ ތަޅުދަނޑި އަތަށް ދޭނީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން މާލޭގެ ރައްޔިތުންނަށް އިން ކަނޑާ އިން ވަކިކޮށް ގޯތިދޭނީވެސް އެމަނިކުފާނު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި 16،000 ފުލެޓާއި ރޯ ހައުސް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލެ ސަރަހައްދުން އެކަނިވެސް 7،5900 ހައިސިން ޔުނިޓް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ކަމަށެވެ. އަދި ހައްގުވެރިންނަށް މި ވެރިކަމުގެ ދައުރުގައި އެމަނިކުފާނު އެ ބޯހިޔާވަހިކަން ހަވާލުކޮށްދެއްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *