ޕީޕީއެމްއިން މަލީހު ސަސްޕެންޑުކޮށް، މައްސަލަ ސުލޫކީ ކޮމިޓީއަށް!

big_RQ7MFnEIMNSqNr5711mJL52mp

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެ ޕާޓީގެ ސެނެޓަރ މުހައްމަދު މަލީހް ޖަމާލް ސަސްޕެންޑުކޮށް، މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޕީޕީއެމްގެ ނައިބްރައީސުން ކަމަށްވާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ފިޝަރީޒް މިނިސްޓަރު ޝިޔާމް އަހުމަދު ސޮއިކުރައްވާ މަލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައިގެން ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް މަލީހް ކުރައްވަމުން ގެންދާކަން ލީޑާޝިޕްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ސެނެޓުގެ މަޝްވަރާއެއް ނެތި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތުން ޕީޕީއެމްގެ އަސާސީ ގަވައިދުގެ 8 ވަނަ މާއްދާއިން ޕާޓީގެ ލީޑާޝިޕަށް ލިބިދޭ ބާރުގެ ދަށުން މަލީހް އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑުކޮށް، އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި ސުލޫކީ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށްވެސް މަލީހުއަށް ވަނީ އަންގާފައެވެ.

ރޭ މަލީހް އިސްވެ ހުންނަވައިގެން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ޕީޕީއެމް އާއި ޕީއެންސީއާ ދެމެދު މައްސަލަ ވަނީ ގޯސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *