އެމްޑީޕީގެ ޕީޖީ ލީޑަރަކަށް މުހައްމަދު ރަޝީދު އިންތިހާބުކޮށްފި

Screenshot 2023-11-22 191257

މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އިންތިހާބުކޮށްފިއެވެ.

މިއަދު އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި މުހައްމަދު ރަޝީދު ޕީޖީ ލީޑަރު ކަމަށް އިންތިހާބުކޮށްފައިވާއިރު، އޭނާއަށް ލިބިވަޑައިގަތީ 28 ވޯޓެވެ. އަދި އިންތިހާބުގައި މުހައްމަދު ރަޝީދުއާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއަށް 20 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރެންދޫ ދާއިރާގެ މެމްބަރު ބްދުލް ޣަނީ އަބްދުލް ހަކީމް ލިބިވަޑައިގަތީ 4 ވޯޓެވެ.

އެމްޑީޕީއަށް ޕީޖީ ލީޑަރަކު އިންތިހާބުކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލިސް ރައީސްއަކަށް އިންތިހާބުވުމާއެކު، ޕީޖީ ލީޑަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *